Ads by Stelco

ޚަބަރު

ރޯދައިގެ ކުރިން 'ދަނޑުވެރިޔާ' އެޕް ބޭނުންކުރަން ފެށުމަށް ތައްޔާރުވަނީ

ރޯދައިގެ ކުރިން 'ދަނޑުވެރިޔާ' އެޕް ބޭނުންކުރަން ފެށުމަށް ތައްޔާރުވަނީ

ރާއްޖޭގެ ދަނޑިވެރިއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 10:44

13 ޖެނުއަރީ 2026، 10:44

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތާއި ލުއިފަސޭހަ ގޮތްތައް ފޯރުކޮށްދިނުމަށް ތައްޔާރުކުރާ "ދަނޑުވެރިޔާ" އެޕްލިކޭޝަން، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ 2023 ވަނަ އަހަރު އިފްތިތާޙުކުރި ވެބް އެޕްލިކޭޝަނެއް ނަމަވެސް، ދަނޑުވެރިންނަށް ފަސޭހައިން ވަގުތުން ވާސިލްވެވޭނެ ގޮތް ހެދުމަށްޓަކައި މިހާރު ވަނީ މޯބައިލް އެޕްލިކޭޝަނެއްގެ ގޮތުގައި ތަރައްގީކޮށްފައެވެ. މި މަސައްކަތް ކުރިއަށްދަނީ އިފާޑު (IFAD) ގެ އެހީގައި ހިންގާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުގެ ދަށުންނެވެ.

އެޕްލިކޭޝަންގެ މުހިންމު ބައިތައް
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އެޕްލިކޭޝަންގެ ސަބަބުން ދަނޑުވެރިކަން ކުރާ ރަށްރަށަށް އިންވެސްޓަރުން ހޯދުމަށާއި، ތަފާސް ހިސާބުތައް އެއްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުން.
  • ގަސް އިންދާ ހެއްދުމުގެ އެކި މަރުހަލާތަކުގައި ކުރަންޖެހޭ ކަންކަމުގެ ނޮޓިފިކޭޝަން ފޮނުވުން.
  • ދަނޑުވެރިންނާއި ގަންނަ ފަރާތްތައް ގުޅުވާލަދޭ މާކެޓް ޕްލެޓްފޯމެއް.
  • ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވަގުތުން ބަލާލެވުން.
  • ދަނޑުވެރިންގެ މެދުގައި މަޝްވަރާކުރުމަށް ހާއްސަ ކޮމިއުނިޓީ ފޯރަމެއް.

މި އެޕްލިކޭޝަންގެ ބީޓާ ވާޝަން ޓެސްޓުކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ދަނޑުވެރިން ފާހަގަކުރި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. ވުޒާރާއިން އުންމީދު ކުރަނީ ރޯދަ މަހުގެ ކުރިން ޕައިލެޓް ސަރަހައްދުތަކުގައި މި އެޕް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އެޕްލިކޭޝަންގައި ހިމެނޭ ފަންނީ މައުލޫމާތުތައް ކޮންމެ މީހަކަށްވެސް ފެންނަން ހުންނާނެއެވެ. ނަމަވެސް، ފޯރަމްގައި ބައިވެރިވުމަށާއި މާކެޓް ޕްލެޓްފޯމްގެ ޚިދުމަތް ހޯދުމަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިންވާން ޖެހޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450