Ads by Stelco

ޚަބަރު

ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނައީ އަޚްލާޤީ ބަދަލުތަކެއް: ސީއެސްސީ

ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ މިންގަނޑަށް ގެނައީ އަޚްލާޤީ ބަދަލުތަކެއް: ސީއެސްސީ

ރާއްޖޭގެ އޮފީހެއް ފޮޓޯ: އެޓޯލް ޓައިމްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖެނުއަރީ 2026، 03:36

13 ޖެނުއަރީ 2026، 03:36

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން (ސީއެސްސީ) ވިދާޅުވެއްޖެއެވެ.

"ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހެދުން އެޅުމުގެ ޤަވާއިދަށް އިސްލާޙު ގެންނަން ޖެހުނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުން އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް ސަރުކާރަށް ލިބުމާ ގުޅިގެންނެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރޭގައި ގައިގެ ވަނާތައް އެނގޭ ގޮތަށް ހެދުން އެޅުމާއި، ބޮލުގައި ކުލަ ޖެއްސުމާއި، ތުނި ހެދުން ލުމުގެ އިތުރުން، އަޚްލާޤީ މިންގަނޑުން ބޭރުވާ ފަދަ ގޮތްގޮތަށް ޖިންސުލުން ހިމެނޭ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ވިދާޅުވީ، މުވައްޒަފުން ހެދުން އަޅާ ގޮތަކީ މަސައްކަތުގެ އަޚްލާޤުގެ މުހިންމު ބައެއް ކަމަށެވެ.

މިހާރު ގެނެވިފަ މިހުރި ބަދަލުތަކަށް ސަމާޅުވުން މުހިންމު. މިސާލަކަށް ފިރިހެނުން ޓައި ބޭނުންކުރާއިރު ކާޓޫނެއް ނުވަތަ އަދަބާ ޚިލާފު އެއްޗެއް ލިޔެފަ ހުންނަ އެއްޗެއް ބޭނުން ނުކުރުން. އެކަށީގެންވާ ސާފުތާހިރުކަމެއްގައި ބޮލާއި، ތުނބުޅި ހުންނަންވާނީ،

ސަޢީދު 

އައު ޤަވާއިދުގައިވާ ގޮތުން ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި، ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައެވެ. ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުކުރެވޭނެއެވެ. އަންހެން މުވައްޒަފުން ބޭނުންކުރަންވާނީ ދިގު ހެދުމެއް، ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެކެވެ. މި ބަދަލުތަކަށް ޢަމަލު ނުކުރާ މުވައްޒަފުންނަށް ފުރަތަމަ ނަސޭހަތްދީ، ރަނގަޅު ނުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ކޮމިޝަނުން ވަނީ އިންޒާރު ދެއްވާފައެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ މީހުން މަސައްކަތްކުރާ އެއް ދާއިރާއަކީ ސިވިލް ސަރވިސްއެވެ. މިހާރުވެސް 31،575 މުވައްޒަފުން އެ ދާއިރާގައި މަސައްކަތް ކުރަމުންދާއިރު، ސިވިލް ސަރވިސް ކޮމިޝަނުގެ އަމާޒަކީ ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ އަދި އަޚްލާޤީ ގޮތުން ހަރުދަނާ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450