Ads by Stelco

ޚަބަރު

މިއަހަރު ޖުލައި މަހުގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމުކުރަނީ

މިއަހަރު ޖުލައި މަހުގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ހައިކޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖެނުއަރީ 2026، 02:50

15 ޖެނުއަރީ 2026، 02:50

މިއަހަރުގެ ޖުލައި މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ސިސްޓަމްތައް ގާއިމްކޮށް، ބޭނުންކުރަން ފަށާނެ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ. އަމްޖަދު މިހެން ވިދާޅުވީ ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ސިސްޓަމް ބޭނުންކުރަން ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމްޖަދު ވިދާޅުވީ ކޯޓުތަކުގައި މިފަދަ ސިސްޓަމެއް ބޭނުންކުރަން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ މަސައްކަތުގައި ހަގީގީ ކުލަ ޖެހިގެންދާ މަންޒަރު ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މި ސިސްޓަމް ގާއިމްކޮށްފައިވާއިރު، އަންނަ މަހުގެ ތެރޭގައި ފެމިލީ ކޯޓުގައިވެސް މި ނިޒާމު ބޭނުންކުރަން ފަށާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރުއީ ދާއިރާ ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އައިޓީ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް މިއަހަރު ހާއްސަ އިސްކަމެއް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. މީގެ ތެރޭގައި ކޯޓުތަކުގައި ސާވާތައް ގާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ.

"މިއަަހަރު އައިޓީ އިންފްރާސްޓްރަކްޗަރތައް ގާއިމްކުރުމަށް ޑީޖޭއޭއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ. އަޅުގަނޑުމެންނަށް މި ބަލާ ބެލުމުން މުޅި ރާއްޖޭގައި ޝަރުޢީ ކޯޓުތަކުގައި އައިޓީ އިންފްރާސްޓްރަކްޗަރތައް ގާއިމްކޮށްފައިވަނީ އެހާ އެކަށީގެންދާ ގޮތެއްގައެއް ނޫން. އެހެންމިދެވެންނެވެނީ ވަރަށް ގިނަ ކޯޓުތަކުގައި އިންޓަރނެޓް ނުވަތަ ސާވަރތައްްވެސް ކެނޑިގެން ވަރަށް ދަތި އުނދަގީތަކާ ކުރިމަތިލާންޖެހޭތީވެ" އަމްޖަދު ވިދާޅުވިއެވެ.

މިފަދަ ޑިޖިޓަލް އިނޮވޭޝަނެއްގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެ، އެންމެ އެދެވޭ ގޮތެއްގައި ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް ޝަރުއީ ދާއިރާއިން ގަބޫލުކުރެއެވެ. މި ނިޒާމުގެ ސަބަބުން ކޯޓުތަކުގެ އިދާރީ ހިންގުމަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސިވިލް ކޯޓުން ހާމަކުރި ގޮތުގައި، އަލަށް ތައާރަފްކުރި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އެ ކޯޓުން ކުރިއަށްގެންދާ އަޑުއެހުންތަކާއި އެހެނިހެން ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، ހަރުދަނާވެގެންދާނެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450