ޚަބަރު
ގްރޭޑް 1 އަށް ދަރިވަރުން ވައްދާ ބެލެނިވެރީން، ވީހާވެސް އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސްކޮށްފި
ސްކޫލެއްގެ ދަރިވަރުން
ފަރުދުން
13 ނޮވެމްބަރު 2024، 12:59
13 ނޮވެމްބަރު 2024، 12:59
މާލޭ ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވައްދަން ޖެހޭ ބެލެނިވެރީން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ވިދާޅުވީ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ. މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފޯމް ހުށަހަޅާފައެވެ. އެހެން ނަމަވެސް، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 3 ދުވަހަށް ވެފައިވާއިރު، މަދު އަދަދެއްގެ ދަރިވަރުންގެ އެޕްލިކޭޝަން ފޯމްތައް ލިބިފައިނުވާކަމަށް މިނިސްޓްރީއިން ފާހަގަ ކޮށްފައިވެއެވެ.
އެއާއެކު ފޯމް ހުށަހެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމް ހުށަހެޅި ކުދިންނަށް ޖާގަދިނުމަށް ފަހުގައި ކަމަށާއި މި ހާލަތުގައި އެ ކުދިންނާ އެއް ޢާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް https://myoffice.moe.gov.mv/forms/id/2 މި ލިންކު ބޭނުން ކުރެވޭވޭނެ ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.