Ads by Stelco

ޚަބަރު

ވަޒީރު ޢާއިޝާ ޝިޙާމްގެ މަންމާފުޅު ނިޔާވެއްޖެ

ވަޒީރު ޢާއިޝާ ޝިޙާމްގެ މަންމާފުޅު ނިޔާވެއްޖެ

ވަޒީރު ޢާއިޝާ ޝިޙާމްގެ މަންމާފުޅު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖެނުއަރީ 2026، 11:05

18 ޖެނުއަރީ 2026، 11:05

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްގެ މަންމަ އަފީފާ އަޙްމަދުމަނިކު (ގ. ކުދިރުވާލިގެ، ކ. މާލެ) މިއަދު ނިޔާވެއްޖެއެވެ.

އަފީފާ ނިޔާވެފައިވަނީ ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރަކީ 82 އަހަރެވެ.

އަފީފާގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ތައުޒިޔާ ފޮނުވާފައެވެ. އެ ވުޒާރާއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، "ވަޒީރު ޑރ. އައިޝަތުގެ މަންމަ އަވަހާރަވުމާއި ގުޅިގެން އެ ވުޒާރާގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އާއިލާއަށް ތައުޒިޔާ ދަންނަވާ" ކަމަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450