Ads by Stelco

ޚަބަރު

ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީން ނިންމައިފި

ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖެނުއަރީ 2026، 05:54

19 ޖެނުއަރީ 2026، 05:54

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ތަފާތު ހުށަހެޅުންތަކަކަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމާއި، ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ބަހުސްކުރެވުނެވެ.

މަޝްވަރާތަކަށްފަހު ޖޭޕީގެ ކައުންސިލުން ނިންމީ، ކުރިއަށް އޮތް އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓުން ނެރޭނީ ހަމައެކަނި މާމިގިލި ދާއިރާއަށް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީ ކެނޑިޑޭޓުންނަށް ފުރިހަމައަށް ތާއީދުކުރުމަށް ވަނީ ނިންމާފައެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެނޑިޑޭޓުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕާޓީން މިހާރު ވަނީ އެތެރޭގެ ޕްރައިމަރީ ބާއްވައި، އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުންވެސް ކަނޑައަޅާ ނިންމާފައެވެ.

ޖުމްހޫރީ ޕާޓީގެ މި ނިންމުމަކީ ސަރުކާރު ކޯލިޝަނަށް ލިބިގެންދާނެ އިތުރު ބާރެއްގެ ގޮތުގައި ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450