Ads by Stelco

ޚަބަރު

މަތިވެރީގައި 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ބަހައްޓައިފި

މަތިވެރީގައި 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ބަހައްޓައިފި

މަތިވެރީގައި 600 ކިލޯވޯޓުގެ އައު ޖަނެރޭޓަރެއް ބެހެއްޓުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖެނުއަރީ 2026، 12:54

24 ޖެނުއަރީ 2026، 12:54

އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އއ. މަތިވެރީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ރަށަށް 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސް، ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވި ގޮތުގައި، މިއީ ކުރިއަށް އޮތް ރަމަޟާން މަހާއި، ހޫނު މޫސުމުގެ ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ (ޕީކް ސީޒަން)، ރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. މި އާ ޖަނަރޭޓަރާއެކު ރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

މަތިވެރިއަށް އަލަށް ގެނައި 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމަށް ގާއިމުކުރެވިފައިވާ ކެޕޭސިޓީ ވަނީ 1،650 ކިލޯވޮޓަށް އިތުރުވެފައެވެ. މި ބަދަލާއެކު، ރަށުގެ ގޭބިސީތަކަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، އަތޮޅުތެރޭގެ ރަށްތަކުގެ އަސާސީ ހިދުމަތްތައް ތަރައްގީކޮށް ފުރިހަމަކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ބައެކެވެ. ހާއްސަކޮށް، ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުން އާދަޔާހިލާފަށް އިތުރުވާ މަހަކަށްވާތީ، ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދިނުމަށް ސްޓެލްކޯއިން އަންނަނީ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

މީގެ އިތުރުން، އެކިއެކި ރަށްރަށުގައި ހުރި އިންޖޭނުގެ ތަކުގައި ބޭނުންކުރާ ޖެނެރޭޓަރު ތަކުގެ ހާލަތު ބަލާ އެ ޖެނަރޭޓަރުތައް އޯވާހޯލް ކުރުމާއި، ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450