ޚަބަރު
ހއ. ދިއްދޫގެ 41 ހެކްޓަރުގެ ބިން ހިއްކައިފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްއޭސީއެލް
ހއ. ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމާއި ބޯހިޔާވަހިކަމަށް ބޭނުންނާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 41 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ދިއްދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވީއިރު، ބިން ހިއްކުމަށް ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ޑްރެޖަރު ވަނީ ގެނެސްފައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. އަދި މިއާއެކު، މި މަޝްރޫޢުގެ %36.61 ފުރިހަމަވެފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ދިއްދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫގައި މަސައްކަތްކުރަމުންދާއިރު، ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއްކަމަށް އެމްއޭސީއެލް އިން މަޢުލޫމާތުދެއެވެ.
މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެރަށްވާއިރު، މީގެ ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ނެދަލޭންޑުގެ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ޕްރިންސް ޑާ ނެޑަލަންޑަންއާއި، ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ ވަނީ ރާއްޖެ ގެނެސްފައެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންވެގެންދާނެއެވެ.