Ads by Stelco

ޚަބަރު

ވިލުފުށީގެ ތަރައްގީއަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކަށް ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ 8 ގޮނޑި ރައީސް އަށް ހަދިޔާކޮށްފި

ވިލުފުށީގެ ތަރައްގީއަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކަށް ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ 8 ގޮނޑި ރައީސް އަށް ހަދިޔާކޮށްފި

ތ.ފިލުފުށި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2026، 05:43

02 ފެބްރުއަރީ 2026، 05:43

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ތ. ވިލުފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ 10 ގޮނޑީގެ ތެރެއިން 8 ގޮނޑި، ވޯޓަކާ ނުލައި ސަރުކާރު ހިންގާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބުވެއްޖެއެވެ.

ވިލުފުށީގައި އިންތިހާބުކުރަންޖެހެނީ ކައުންސިލުގެ ރައީސާއި ކައުންސިލުގެ ހަތަރު މެންބަރުންގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި އެ ކޮމިޓީގެ ހަތަރު މެންބަރުންނެވެ. މީގެ ތެރެއިން ކައުންސިލުގެ ރައީސްގެ މަގާމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވާދަކުރައްވާތީ، އެ ދެ މަގާމަށް މެންބަރުން ހޮވުމަށް ވޯޓު ނެގުން އޮންނާނެއެވެ.

ނަމަވެސް، ކައުންސިލުގެ ހަތަރު މެންބަރުކަމުގެ ގޮނޑިއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަތަރު މެންބަރުކަމުގެ ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، އެ އަށް ގޮނޑި ވަނީ އިންތިހާބަކާ ނުލައި އެ ޕާޓީއަށް ކަށަވަރުވެފައެވެ.

މި ކާމިޔާބީއާ ގުޅިގެން "ފަރުދުން މީޑިއާއަށް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ވަހީދު ވިދާޅުވީ، ވިލުފުއްޓަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށެއް ނަމަވެސް، މިފަހަރު އެ ޕާޓީން ކެންޑިޑޭޓުން ނުނެރެން ނިންމީ ރަށުގެ ތަރައްގީއަށް ހުރަސްއަޅަން ރައްޔިތުން ބޭނުން ނުވާތީ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ އެ ރަށުގެ ރައްޔިތުންވެސް ބޭނުންވީ ސަރުކާރާއެކު ތަރައްގީގެ މަގުގައި ކުރިއަށްދާން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ހަސަން ވަހީދު އިތުރަށް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުށީގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެ ރަށުގެ ރައްޔިތުން އަރުވާ "ހަދިޔާއެއް" ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ޒައާމަތުގައި ވިލުފުށީގައި އެއާޕޯޓު އެޅުމުގެ ބޮޑު މަޝްރޫއުގެ އިތުރުން، ރަށަށް ބޭނުންވެފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ބާރުސްޕީޑުގައި ކުރިއަށްދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450