ރިޕޯޓް

ޝަކުވާ ކުރުމުގެ ބަދަލުގައި ބްރިޖުގެ ސަބަބުން ވަމުންދާ ފައިދާތަކުގެ ވާހަކަދައްކާލުން މުހިންމު!

ޝަކުވާ ކުރުމުގެ ބަދަލުގައި ބްރިޖުގެ ސަބަބުން ވަމުންދާ ފައިދާތަކުގެ ވާހަކަދައްކާލުން މުހިންމު!

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކޮންޓްރެކްޓް ސޮއިކުރުމާއި، މާޝްރޫޢު ފެށުމުގެ ރަސްމިއްޔާތު 30 ޑިސެންބަރު 2015 - ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2024، 03:57

01 ސެޕްޓެމްބަރު 2024، 03:57

ދިވެހިރާއްޖޭގައި ބްރިޖެއް އެޅުމުގެ ވާހަކައަކީ ކުރީގެ ރައީސް މައުމޫނު ޢަބްދުލް  ޤައްޔޫމުގެ ވެރިކަމުގައިވެސް ދެކެވުނު ވާހަކައެއް ކަމަށްވެއެެވެ. އޭރުވެސް މާލެ އާއި ހުޅުލެ ގުޅައިލުމަށް ބްރިޖެއް އަޅާ ވާހަކަތައް ދެކެވެން ފެށުނެވެ. އެހެން  ނަމަވެސް އެއީ މީގެ 15 ވަރަކަށް އަހަރު ނުވަތަ އޭގެވެސް ކުރިއެވެ. ކުރެހުންތައް އުފެދި މަޝްވަރާތައް ކުރެވި ޢަމަލީ ސިފަ ނުޖެހި ގިނަ ދުވަސްތަކެއް ވަންދެން ހުވަފެނަކަަށް ވެފައިއޮތް މި ބްރިޖްގައި ކުލަޖެއްސެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ބްރިޖްގެ މަސައްކަތް ނިމި ދިވެހި ރައްޔިތުން ޚިދުމަތް ހޯދަމުންދާތާ 6 އަހަރުވީ މުނާސަބާ ފާހަގަ ކުރަމުންދާއިރު ދުވާލެއްގެ މައްޗަށް އެތައްހާސް މީހުން މި ބުރިޖްގެ ބޭނުންދަނީ ކުރަމުންނެވެ.  

ދުވަހެއްގެ 24 ގަޑިއިރު ނިމިގެންދާއިރު ބްރިޖްގެ ބޭނުން ނުކުރާ ވަގުތެއް ނުދެއެވެ. ކުރިން ގަދަ ވަޔާ ވިއްސާރައިގަވެސް ދާން ޖެހިއްޖެނަމަ ފެރީ ނޫން ގޮތެއް ނެތް ދިވެހީންނަށް މިއަދު މިވަނީ އެތައް ފުރުޞަތުތަކެއް ތަނަވެސްވެފައެވެ. އެގޮތުން ހަތަރު ފުރޮޅުޅީ އުޅަނދާއި 2 ފުރޮޅުލީ އުޅަނދުތަކަށް ބޭނުން ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ މި ބްރިޖުގައި އަމިއްލަ ވެހިކަލްގެ އިތުރުން ސަރުކާރުގެ ފަރާތުން ބަހުގެ ޚިދުމަތްވެސް ގެންދަނީ ދެމުންނެވެ.

ބްރިޖް މަޝްރޫޢަކީ މިއަދު ޤައުމުގެ ވެރިޔަކަށް ހުންނެވި ރައީސް ޑރ. މުޢިއްޒުގެ ފުރިހަމަ ހިންގުންތެރިކަަމާއި ރޭވުންތެރިކަމުގެ ދަށުން ނިމިފައިވާ މަސައްކަތެއްކަން ގިނަބަޔަކު ދަނެއެވެ. މިކަމަށްޓަކައި ރާއްޖޭގެ ގިނަ ބަޔަކު ފަޚުރުވެރިވަމުންދާއިރު ރައީސްއާމެދު ނަފުރަތު އުފެއްދުމަށްވެސް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެންމެ ބާރަށް ދައްކަމުންދާ ވާހަކައަކީ ބްރިޖްގެ ލޭނެއް މަދު ވާހަކައެވެ. އެހެން ނަމަވެސް  ބްރިޖްގެ ލޭންތައް ހަމަކަމާއި މަޝްރޫޢު ނިންމާފައިވަނީ  ފެށުނީއްސުރެވެސް ޢަމަލުުކުރަމުންދިޔަ ކުރެހުމާ އެއްގޮތަށްކަން އެކި ގޮތްގޮތުން ވަނީ ސާބިތުކޮށްދީފައެެވެ. އެގޮތުން 4 ފުރޮޅުލީ ވެހިކަލްތަކަށް 2 ލޭނާއި ސައިކަލްތަކަށް  2 ލޭން އަދި ޕެޑެސްޓްރިއަން 1 ލޭން އޮތް އިރުގައި ޖުމުލަ 6 ލޭން ފެންނަން އެބަ އޮތެވެ. ބްރިޖް މަސައްކަތް ފެށުނުއިރު  1 ލޭން ބައިސްކަލަށް ޚާއްޞަ ކުރާގޮތަށް ނިންމާފައި އޮތް ނިންމުން ބަދަލުކުރީ އޭރުގެ ސަރުކާރުންނެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ބައިސްކަލް ނުދުއްވާ އެ  2 ލޭންވެސް ހިނގާ މީހުންނަށް އެކަނި ބޭނުން ކުރެވޭ ގޮތަށް ނިންމުމަށެވެ.

ޝަކުވާ ކުރުމުގެ ބަދަލުގައި ބްރިޖުގެ ސަބަބުން ވަމުންދާ ފައިދާތަކުގެ ވާހަކަދައްކާލުން މުހިންމު!

ސިނަމާލެ ބްރިޖު ގެ ލޭން ތަކުގެ ތަފްޞީލް

ބްރިޖް ފަރުމާ ކުރެވިފައިވަނީ ބައިސްކަލްވެސް ދުއްވޭގޮތަށް ކަމަށްވާއިރު ބްރިޖްގެ ބޭރު ރެއިލިންގް ޖަހާފައިވާ ދެ ލޭންއަކީވެސް ބައިސްކަލްވެސް ދުއްވޭ ގޮތަށް ހަދާ ނިމިފައިވާ ދެލޭނެވެ. އެގޮތުން ބައިސްކަލްގައި  ދާގޮތަށް އެއަރޕޯޓް ހުރަސްކޮށް ހުޅުމާލެ ދެވޭނެ ރައްކާތެރި ގޮތެއް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ. ބްރިޖުގައި  އެކަނި  ދުއްވަން ނަމަ ކުރު ރާސްތާއަކަށްވެފައި ވަކި ހިސާބަކުން އަނބުރާ އަންނަންޖެހޭނެތީ، މިވަގުތު އެ  2 ލޭންވެސް އެންމެ އެކަށީގެންވަނީ ހިނގަން ނުވަތަ ޖޮގިން ކުރާ ފަރާތްތަކަށެވެ. އެއްވެސް ހާލެއްގައި ބްރިޖުން ލޭނެއް މަދުކޮށް މަސައްކަތް ކުރީއެއް ނޫނެވެ. ނުވަތަ އެލޭނަށްވާ ފައިސާ ފޮރުވީއެއްވެސް ނޫނެވެ. ހަމައެކަނި ބައިސްކަލް ދުއްވަން ނިންމި ލޭންގައި ހިނގާފައި އުޅުމަށް އޭރުގެ ސަރުކާރުން  ނިންމެވީއެވެ. 

ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު  އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫޢެވެ. ތިން އަހަރު ތެރޭ ބުރިޖުގެ މަސައްކަތް ނިންމާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ. ދިވެހީންގެ އުއްމީދުތަކާ ގުޅިފައިވާ ރާއްޖޭގައި ހިންގި އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މި މަޝްރޫޢަށް މިހާރު މިވަނީ  6 އަހަރުވެފައެވެ.

މި ލިޔުން ކިޔާލުމުން