Ads by Stelco

ޚަބަރު

މާލޭގެ ސީއެޗްއެސީއަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

މާލޭގެ ސީއެޗްއެސީއަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

ލޭގެ ސީއެޗްއެސީއަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރުން. ފޮޓޯ: ތަޢުލީމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 04:25

04 ފެބްރުއަރީ 2026، 04:25

ހުލާސާ


މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ މާލޭގައި މަތީ ސާނަވީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ. ޖުމްލަ 51.6 މިލިޔަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރަނީ މާލޭގައި މިހާރު ސީއެޗްއެސްސީ ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގައެވެ.

އަލަށް އިތުރުކުރާ 7 ފަންގިފިލާގެ އެނެކްސް އިމާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި 15 ކްލާސްރޫމާއި، 4 ސައިންސް ލެބާއި، ސްޓާފް ރޫމްގެ އިތުރުން ލީޑިން ޓީޗަރުންގެ ކޮޓަރިއާއި އެޑްމިން އޮފީސް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންގެ ލުއިފަސޭހައަށް 3 ލިފްޓާއި ޕާކިން އޭރިއާއެއްވެސް މި އިމާރާތުގައި ހުންނާނެއެވެ.

ސީއެޗްއެސްސީއަކީ 1979 ވަނަ އަހަރު "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި ހުޅުވުނު، ރާއްޖޭގައި މަތީ ސާނަވީއަށް ޚާއްސަކޮށްގެން ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ. 2023 ވަނަ އަހަރު މި ސްކޫލް ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ކިޔެވުން މުޅިން ހުއްޓާލި ނަމަވެސް، މާލޭގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލުން މާލޭގައި ކިޔަވައިދިނުން ފެށުމަށް ނިންމަވާފައެވެ.

މި ނިންމެވުމާ އެއްގޮތަށް 800 އަށްވުރެ ގިނަ ދަރިވަރުންނާއެކު މާލޭ ސީއެޗްއެސްސީގެ ކިޔެވުން އަލުން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވި ގޮތުގައި، އަލަށް އިމާރާތްކުރާ އެނެކްސް ބަޔާއެކު މާލޭގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު އިތުރު ގިނަ ދަރިވަރުންތަކަކަށް ފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450