Ads by Stelco

ޚަބަރު

ރަމަޟާން މަހާއި ދިމާކޮށް 'ރޯދަ ސާފު'ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި

ރަމަޟާން މަހާއި ދިމާކޮށް 'ރޯދަ ސާފު'ގެ ނަމުގައި ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި

"ރޯދަ ސާފު" ހަރަކާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 03:30

06 ފެބްރުއަރީ 2026، 03:30

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، "ރޯދަ ސާފު"ގެ ނަމުގައި މާލެ ސަރަހައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި މާހައުލު ސާފުކުރުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އާއި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ސަރުކާރުގެ އެކި މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް އެ ވުޒާރާއިން އިންތިޒާމްކުރާ ކަމެކެވެ.

މާލޭގެ 5 ސަރަހައްދެއް ސާފުކުރުން
މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ދަށުން މާލޭގެ މުހިންމު 5 ސަރަހައްދެއް ވަނީ ސާފުކޮށްފައެވެ. އެ ސަރަހައްދުތަކަކީ:

  • އާރޓިފިޝިއަލް ބީޗް
  • އުސްފަސްގަނޑު
  • އިންޑަސްޓްރިއަލް ޒޯން
  • ރަސްފަންނު
  • ސަލްމާން މިސްކިތް ސަރަހައްދު


މި ހަރަކާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، މުވައްސަސާތަކާއި، ކުންފުނިތައް ހިމެނޭހެން ޖުމްލަ 22 އިދާރާއަކުން ބައިވެރިވެފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޒަމާނުންސުރެއް ދިވެހިންގެ ތެރޭގައި ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭއާއި އެބަޔަކު އުޅޭ މާހައުލު ސާފު ތާހިރުކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެންކަމުން، މި ހަރަކާތަކީ ދިވެހިންގެ އެ ރީތި ސަގާފަތް ދިރުވާ އާލާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450