Ads by Stelco

ޚަބަރު

ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި "ތުނޑީ ބަނދަރު މިސްކިތް" ހުޅުވައިފި

ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި "ތުނޑީ ބަނދަރު މިސްކިތް" ހުޅުވައިފި

ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި "ތުނޑީ ބަނދަރު މިސްކިތް". ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ފެބްރުއަރީ 2026، 04:37

06 ފެބްރުއަރީ 2026، 04:37

ހުލާސާ


 

ލ. ގަމުގައި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކުރި އައު މިސްކިތް، "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ ހުކުރު ނަމާދަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ އެއްވަގުތެއްގައި 342 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމާއެކު ގަމުގެ ރައްޔިތުންނަށް ނަމާދު ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުން މިހާރުވެސް ދީނީ ބިނާތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒުގެ އިތުރުން 6 ވަޤުފު ބިނާއާއެކު ޖުމްލަ 90 މަޝްރޫޢެއްގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް މިހާރު ވަނީ ނިންމާ ހުޅުވާފައެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އިޢުލާނު ކުރައްވާފައެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަށްރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކަކީ ދީނީ ޢިލްމު ފަތުރުވާ މަރުކަޒުތަކަކަށް ހެދުމެވެ. މިގޮތުން ކީރިތި ޤުރުއާނަށާއި ނަމާދަށް ލޯބިޖެއްސުމުގެ ޝިޢާރުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، އާބާދީ ބޮޑެތި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް ބިނާކޮށް ދީނީ ތަޢުލީމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450