Ads by Stelco

ޚަބަރު

ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދައަށް ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި

ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދައަށް ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި

ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ފެބްރުއަރީ 2026، 05:29

06 ފެބްރުއަރީ 2026، 05:29

މާލެ ސަރަޙައްދުގައި ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން، ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެން ކުނި ނަގާނެ ގަޑިތައް އިޢުލާންކޮށްފިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 8 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ވެމްކޯއިން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން ފެށިގެން ދަންވަރު  2:00 އާ ހަމައަށެވެ. ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 21:00 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 21:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށެވެ.

ރަމަޟާން މަހަކީ އާންމު މަސްތަކާ ޚިލާފަށް ގޭބިސީތަކުން، ވަކިން ޚާއްޞަކޮށް ބަދިގެއިން އުފައްދާ ކުނި އިތުރުވާ މަހެކެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ވެމްކޯއިން އަންނަނީ ޚާއްޞަ ތަރުތީބެއްގެ ދަށުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ވެމްކޯއިން އިލްތިމާސްކުރައްވާ ގޮތުގައި، ކުނި ބޭރަށް ނެރުމުގެ ކުރިން ރަނގަޅަށް ބަންދުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާއިރު، ކުނި އުފުލާ މުވައްޒަފުންނަށް ގެއްލުމެއް ނުވާނޭހެން ރަނގަޅަށް ބަންދުކޮށް، ވަކިން ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ.

މީގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް، ބާ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އުކާލުމަށް ބޭނުންވާ ފަރާތްތަކުން ވެމްކޯގެ 'ކެޕްސް' ޚިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މިއީ ކުޑަ ފީއަކާއެކު ބޮޑެތި ކުނި އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ލުއިފަސޭހަ ޚިދުމަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450