ޚަބަރު
ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއެލް ގެ ދަށަށް!
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ފަރުދުން
01 ސެޕްޓެމްބަރު 2024، 04:03
01 ސެޕްޓެމްބަރު 2024، 04:03
ރީޖަނަލް އެއަރޕޯޓްސް ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުން މިއަދު ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.
ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް އެއްކޮށްލައިގެން ހިންގާނެ ގޮތްތަކުގެ މަޝްވަރާތައް ކެބިނެޓުގައި މިއަދު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމާއި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލައިގެން ހިންގޭނެ ގޮތްތައް ހޯދުމުގެ މަޝްވަރާތައްވެސް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ pic.twitter.com/Ptjf8Xkcka
— The President's Office (@presidencymv) September 1, 2024
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު އަދި ކުރިއަރާފައިވާ ކުދި ބައެއް ޤައުމުތަކުގައިވެސް މިކަން މިގޮތަށް ކުރަމުންދާކަމަށެވެ. އަދި ދުބާއީ ސިންގަޕޫރުފަދަ ތަންތާނގައިވެސް ކަންކުރާ ގޮތަށް، އިޤްތިޞާދު ޑައިވަރސިފައިކުރުމަށް އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ތަޢާރަފްކުރުމަށް މަޝްވަރާކުރުމަށްވެސް އެޖެންޑާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވީ އިރު ދިމާވެފައިވާ އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމާއި، ކުންފުނިތައް އިތުރަށް ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށް މިކަންކަމަށް ސަރުކާރުން އަންނަނީ ބަދަލުތައް ގެންނަމުންނެވެ.