Ads by Stelco

ޚަބަރު

ށ. މިލަންދޫ ގޮނޑޫދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި

ށ. މިލަންދޫ ގޮނޑޫދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީން ނިންމާލައިފި

ށ.މިލަންދޫ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 02:15

08 ފެބްރުއަރީ 2026، 02:15

ށ. މިލަންދޫ ގޮނޑޫދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވަނީ 31 ޑިސެމްބަރު 2025 ގައެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިލަންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމާއި ބަނދަރުގެ މަސައްކަތަކީ 76.44 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 10 ފެބްރުއަރީ 2023 ގައެވެ.

މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 96,700 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

އެމްޓީސީސީން އިތުރަށް ބުނި ގޮތުގައި، ރަށުގެ އުމްރާނީ ތަރައްގީއަށް މުހިންމު މި މަޝްރޫއުގެ ތެރެއިން 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖަހައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.

މި މަޝްރޫއު ނިމުމަކަށް އައުމާއެކު، މިލަންދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ބަނދަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ ފުރުސަތު ރަށުގެ ރައްޔިތުންނަށް މިހާރު ވަނީ ފަހިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450