Ads by Exprox

ޚަބަރު

އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަޞޭހަތާއި މަގުދެއްކުން ބޭނުންވޭ- ރައީސް

އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަޞޭހަތާއި މަގުދެއްކުން ބޭނުންވޭ- ރައީސް

އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން 17 ފެބުރުވަރީ 2024- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2024، 04:09

01 ސެޕްޓެމްބަރު 2024، 04:09

އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަޞޭހަތާއި މަގުދެއްކުން ޤައުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ މާމަ ކާފަ ދުވަހާއި ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ސޯޝަލް މީޑީއާއަށް ދޫކުރެއްވި ޕޯސްޓެއްގައެވެ. މާމާ ކާފައިންނަކީ މުޖުތަމަޢުގެ އެންމެ އަގުހުރި މީހުންނެވެ. ދަރިން ތަރުބިއްޔަތުކޮށް އެދަރިންނަށްވެސް ދަރިން ތަރުބިއްޔަތު ކުރާނެ ރަނގަޅުގޮތް ދަސްކޮށްދެއްވި މާމަ ކާފައިންގެ ޚިދުމަތުގައި މިއަދު ތިބެން ޖެހޭނީ ޒުވާން ޖީލެވެ. 

ޤައުމީ ފެންވަރެއްގައި މާމާ، ކާފަ ދުވަސް ފާހަގަކުރުމަމުންދާއިރު މިދުވަހު ތަހުނިޔާ ކިޔާލުމާއެކު ނިންމާނުލާ އެމީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަގުވަޒަންކޮށް، މާމަކާފައިންނާ އޮންނަ ގުޅުން ބަދަހިކުރުން މުހިންމެވެ. ޅައިރުއްސުރެ ހެވާ ނުބައި ދަސްކޮށްދީ އަގުރި ދަރިންތަކެއް އުފަންކުރުވީތީ އެމީހުންނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިވެ އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހަދަން ޖެހެއެވެ.  

މާމަކާފައިންގެ ދުވަހާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވެސް މި ދުވަހުގެ ތަހުނިޔާ ފޮނުވާފައިވެއެވެ. އެ ވުޒާރާއިން ބުނެފައިވަނީ މާމަ ކާފައިންނަކީ އިސްރައްވެހިންކަމަށާއި ޢާއިލާތައް ބިނާކޮށްދެއްވި އިސްވާރުންނަށް ޝުކުރާއި ތަހާނީ އަރިސް ކުރާކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco