Ads by PNC

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބަލިކުރަން މި އުޅެނީ އޮޅުވާލައި މަކަރު ހަދައިގެނެއް ނޫން: ޝުޖާއު

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބަލިކުރަން މި އުޅެނީ އޮޅުވާލައި މަކަރު ހަދައިގެނެއް ނޫން: ޝުޖާއު

އިބްރާހީމް ޝުޖާއު/ފޮޓޯ: ސަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ފެބްރުއަރީ 2026، 01:29

14 ފެބްރުއަރީ 2026، 01:29

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީ ޕާޓީއިން އިދިކޮޅު އެމްޑީޕީ ބަލިކުރަން މި އުޅެނީ އޮޅުވާލައި މަކަރު ހަދައިގެނެއް ނޫންކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ-ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭކަމަށް ބުނެ، އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ޝުޖާއު ވިދާޅުވީ، 2020 ވަނަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ ސުޕާ މެޖޯރިޓީ ބޭނުންކޮށް 2021 ވަނަ އަހަރަށް އިންތިޚާބު ފަސްކޮށް، އެ މުއްދަތުގެ ތެރޭގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓުންނަށް ބިރުދައްކައި، ނަން ނަގުވައި، ކެނޑިޑޭޓުންނަށް ތަފާތު ހުރަސްތައް ކުރިމަތި ކުރުވައި، ވޯޓު ދޭން ތިއްބެވި ރައްޔިތުންނަށް ތަފާތު އުނދަގޫތައް ޖައްސައި، ވޯޓު ލާންޖެހޭތަން ބަދަލު ކުރުމަށް ހުށައެޅުންތައް ހުށައެޅި މީހުންނަށް ހީވާނީ އެފަދަ ގޮތަކަށް ކަމަށެވެ.

އަޅުގަނޑުމެން އެމްޑީޕީ ބަލިކުރަން މިއުޅެނީ އޮޅުވާލައި މަކަރު ހަދާގެނެއް ނޫން. ތިބޭފުޅުން އުޅުއްވި ގޮތް ކިޔާދީ، ރައްޔިތުންނަށް ތެދު ހަދައިގެން. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ހާމަކޮށްދީގެން.

ޝުޖާއު އިތުރަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކޯލަކް ކައުންސިލް އިންތިޚާބާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒު ވަނީ، ކައުންސިލް އިންތިޚާބާ ދިމާކޮށް ޕީއެންސީ އަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުން ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ ވޯޓު ކަށަވަރު ކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓްރީ ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވަނީ  ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450