ޚަބަރު
އުމޭރު އެވޯޑަށް ނޮމިނޭޓްވީ ހޯދާފައިވާ ކާމިޔާބީތަކުން: މިނިސްޓަރު އިޤްބާލް އަދި މަހުލޫފް ރައްދު ދެއްވައިފި
މިނިސްޓަރު އިގްބާލް އަދި ޖަޕާނުގެ ސަފީރު މަހުލޫފް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމޭރު މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އިޤްބާލް އާދަމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސަލާމް،
— Iqbal Adam (@IqeyAdam) February 14, 2026
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ޢުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށްވީ ކޮން ގޮތަކުންބާވައެވެ؟ ޢުމުރުން 17 އަހަރުވެސް ނުފުރޭ ޢުމޭރުއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލަމެވެ. pic.twitter.com/kZ6nB70JqO
މިކަމާ ގުޅިގެން ވަޒީރު އިޤްބާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމުރުން 17 އަހަރުވެސް ނުފުރޭ އުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށް ވާންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ. އަދި އޭނާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިޤްބާލް ވަނީ ގޮވާލައްވާފައެވެ.
މި މައުޟޫއުގައި ވާހަކަދައްކަވަމުން ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ އުމޭރުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. މަހުލޫފް ވިދާޅުވީ، އުމޭރު އަކީ ޓޭބަލް ޓެނިސް (ޓީޓީ) އިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އޭނާ އެވޯޑަށް ނޮމިނޭޓުވީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ 2024 ވަނަ އަހަރު އޭނާ ހޯދި ބޮޑެތި ކާމިޔާބީތަކުގެ ނަތީޖާކަން މަހުލޫފް ފާހަގަކުރެއްވިއެވެ.
<
އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެކެވެ. ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
— Ahmed Mahloof (@AhmedMahloof) February 13, 2026
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ… pic.twitter.com/CybcEHVlUa
/p>
މަހުލޫފް އިތުރަށް ވިދާޅުވީ، އުމޭރުއަކީ އެމްޑީޕީގެ ވެރިކަމުގައި ހުނަރުވެރި އެތުލީޓުން ކުރިއަރުވަން ހިންގި "އަރުތަ" ޕްރޮގްރާމުގައި ވެސް ހިމެނިގެން ތަމްރީނު ހޯދި ކުޅުންތެރިއެއް ކަމަށެވެ. ކުޑަކުދިންނާއި ޒުވާނުން ކުރާ ބުރަ މަސައްކަތުގެ ކާމިޔާބީތައް ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ސިޔާސީ ނުކުރުމަށް މަހުލޫފް ވަނީ އިލްތިމާސް ކުރައްވާފައެވެ.