Ads by PNC

ޚަބަރު

4000 ފްލެޓުގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުނާ ތަޅުދަނޑި ހަވާލުކޮށްފި

4000 ފްލެޓުގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުނާ ތަޅުދަނޑި ހަވާލުކޮށްފި

ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

15 ފެބްރުއަރީ 2026، 12:37

15 ފެބްރުއަރީ 2026، 12:37

ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ 4000 ފްލެޓުގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުނާ ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓުތައް ލިބުނު ފަރާތްތަކާ ފްލެޓުތައް ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ޙަވާލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިއީ ޖުމްލަ ފްލެޓުތަކުގެ %91.2 ފްލެޓެވެ. 

ޝަކީލް ވިދާޅުވީ، އެގްރީމެންޓުގައި ސޮއިކުރުމަށްފަހު ތަޅުދަނޑިއާ ހަވާލުވުމަށް ނާންނަ ގާތްގަނޑަކަށް 90 މީހުން ވެސް އުޅޭ ކަމަށެވެ.

މީގެއިތުރުން، ފްލެޓު ހޯދުމަށް ހުށައަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ ވުޒާރާގެ ފަރާތުން ފްލެޓު އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓު ހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ. މި ފްލެޓުތަކުގެ ލިސްޓުވެސް ލިބުމުން ވީއެންމެ އަވަހަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ކުރާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައި ވަނީ ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ރަމަޟާން މަހަށް އެ ތަންތަނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450