Ads by Exprox

ޚަބަރު

ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް ސްޓެލްކޯއަކުން ނުގުޅާނެ- އެމްޑީ ފަހުމީ

ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް ސްޓެލްކޯއަކުން ނުގުޅާނެ- އެމްޑީ ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ- ފޮޓޯ:ސްޓެލްކޯ

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2024، 04:11

01 ސެޕްޓެމްބަރު 2024، 04:11

ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ނުގުޅާނެކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށާާއި އެކަމަށް ސަމާލުވުމަށް އެކުންފުނިން އެދިފައިވެއެވެ.



ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ނުގުޅާނެކަމަށެވެ. އަދި އެފަދަ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، އަމިއްލަ އެއްވެސް މަޢުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށްވެސް ފަހުމީ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފަހަކަށް އައިސް ސްކޭމްކޯލްގެ އަދަދުތައް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެގޮތުން ބޮޑެތި ކުންފުނިތައް ކަމުގަވާ އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް ފަދަ ތަންތަނުގެ ނަމުގައި އޮޅުވާލާއިގެން ސްކޭމްކޯލްތައް ދަނީ ކުރަމުންނެވެ. އަދި މިފަދަ ކޯލްތަކުގައި ކުންފުނިތައްކަމަށް ހެދިގެން އާންމުން އަތުން ބޮޑެތި ޢަދަދު ތަކުން ފައިސާ އަތުލަމުންދާ މައްސަލަ ކުރިމަތިވެފައެވެވެ. އެހެންކަމުން މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުން  މުހިންމެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco