Ads by PNC

ޚަބަރު

އެމް.އެން.ޔޫ އަދި އިޓަލީ އެމްބަސީއިން ކަނޑުގެ ދިރުންތަކާއި ގުޅޭ ޚާއްޞަ ޙަފްލާއެއް ބާއްވައިފި

އެމް.އެން.ޔޫ އަދި އިޓަލީ އެމްބަސީއިން ކަނޑުގެ ދިރުންތަކާއި ގުޅޭ ޚާއްޞަ ޙަފްލާއެއް ބާއްވައިފި

ހަފްލާގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 01:26

16 ފެބްރުއަރީ 2026، 01:26

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިޓަލީ އެމްބަސީގެ ފަރާތުން "ދަ ފްރެޖައިލިޓީ އެންޑް ބިއުޓީ އޮފް މެރިން އިކޯސިސްޓަމް"ގެ ނަމުގައި ކަނޑުގެ ދިރުންތައް ދައްކުވައިދޭ ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމް.އެން.ޔޫ އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ މި ހަފްލާގައި އިޓަލީގެ މަޝްހޫރު މިޔުޒިކް ކޮންޒަވޭޓްރީތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ މިޔުޒިކް ފަދަ ފަންނީ ވަޞީލަތްތައް މެދުވެރިކޮށް ޢާންމުންގެ މެދުގައި ކަނޑުގެ ދިރުންތަކާއި ދިވެހިރާއްޖޭގެ ތިމާވެށްޓާ މެދު ޝައުގުވެރިކަން އުފެއްދުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެމްއެންޔޫގެ ފަރާތުން އެކި ޤައުމުތަކާއިއެކު ބާއްވާ މިފަދަ ބައިނަލްއަޤްވާމީ ހަފްލާތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. 

ހަމަ އެހެންމެ، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ދިވެހިންގެ މަޢުލޫމާތު މުއްސަނދިވުމުގެ ފުރުޞަތު ވެސް އިތުރުވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450