Ads by PNC

ޚަބަރު

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ހުޅުވައިފި

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ހުޅުވައިފި

އައުޓްރީޗް ސެންޓަރު ހުޅުވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ފެބްރުއަރީ 2026، 05:36

16 ފެބްރުއަރީ 2026، 05:36

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކ. ހުރާ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުރާގައި މިކަމަށްޓަކާ ބޭއްވުން ޚާއްޞަ ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް ވެރިންނާއި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމާއި، ކ. ހުރާ ކައުންސިލުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސެންޓަރުގައި ޙިފްޒު ކުލާސްތައް ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިހާރު އިޢުލާންކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ޙިފްޒު ކުލާސްތަކުގައި ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުގެ ޙާފިޒަކު ވެސް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ރާއްޖެ ގެނެސްފައިވާއިރު، މި ސެންޓަރުގައި އެހެން ކޯސްތައްވެސް ކުރިއަށް އޮތްތަނުގައި ފެށިގެން ދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ކުލާސްތައް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެދަށުން، މިހާތަނަށް ހުޅުވޭ 3 ވަނަ ސެންޓަރެވެ.

މީގެ އިތުރުން، މިހިނގާ 2026 ވަނަ އަހަރު އިތުރު 90 ރަށެއްގައި އައުޓްރީޗް ސެންޓަރުތައް ހުޅުވުމުގެ މަސައްކަތް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450