Ads by PNC

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުން. ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ފެބްރުއަރީ 2026، 05:38

16 ފެބްރުއަރީ 2026، 05:38

ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢަބްދުއްރައްޒާގު ހަލީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ޖުމްލަ 28 އެނދު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) އަށް އިތުރުކުރެވޭ 4 އެނދާއި، ޖެނެރަލް ވޯޑަށް އިތުރުކުރެވޭ 15 އެނދުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް އިތުރުކުރެވޭ 9 އެނދު ހިމެނެއެވެ.

ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިހާރު 6 އެނދު ހުރި ކުޑަކުދިންގެ ވޯޑުގެ ޖާގަ މި މަސައްކަތް ނިމުމުން 15 އެނދަށް އިތުރުވެގެންދާނެއެވެ. އަދި ޖެނެރަލް ވޯޑުގެ އެނދުގެ އަދަދު 27 އަށް އަރާނެއެވެ. މިއީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެނދުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

އާރްޑީސީން ބުނެފައިވަނީ މި މަސައްކަތް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450