Ads by PNC

ޚަބަރު

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ހައްޔަރުކޯށްފައިވާ މީހާ---

farudhun logo

ފަރުދުން

17 ފެބްރުއަރީ 2026، 08:29

17 ފެބްރުއަރީ 2026، 08:29

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  ހުޅުމާލެ ޚައިރާތު، އުމުރުން 27 އަހަރުގެ، ޢަލީ އަފްލަޙުއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޢަލީ އަފްލަހު ވަނީ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ.  

ޢަލީ އަފްލަޙު ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450