ޚަބަރު
ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް މީސް މީޑިއާގައި ވާހަކަދެއްކި މީހާއަށް ފިޔަވަޅު އަޅަން އެދިއްޖެ
މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދެއްކި މީހާ/ފޮޓޯ: ވަގުތު
ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް މީސް މީޑިއާގައި ވާހަކަދެއްކި މީހާއަށް ފިޔަވަޅު އަޅަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމާ ބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ދީނާ ޚިލާފު އެކި ބާވަތުގެ ވާހަކަތައް ޓިކްޓޮކް ލައިވްއެއްގައި ދައްކަމުން އަންނަ މީހެއްގެ މައްސަލަ ފެންމަތިވެފައިވާއިރު، މިމީހާއަކީ ރާއްޖެއިން ބޭރުގައި ހުރި ދިވެއްސެކެވެ.
މި މައްސަލައާއި ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ. އަދި މި މީހާއަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ރަސްމީކޮށް އެދިފައިވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން އަންނަނީ އެމީހާއަށް އެންމެ ހަރުކަށި އަދަބު ދިނުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.