ޚަބަރު
ރަމަޟާން މަހު 'އިސްލާމިކް ސްޓޫޑިއޯ' އިން ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފި
ޕްރޮގްރާމްތައް އިފްތިތާޙުކުރުން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 'އިސްލާމިކް ސްޓޫޑިއޯ' އިން މި ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތައް މިއަދު އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގުރާމުތައް އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ދީނީ ހޭލުންތެރިކަމުގެ 10 ޕްރޮގުރާމެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ.
އިސްލާމިކް ސްޓޫޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތައް:
- ޢިބްރަތްތެރި ވާހަކަ
- ހަލް ޔަސްތަވިޔާނި (އެއްފަދަވެގެންވޭ ހެއްޔެވެ؟)
- ހުވަﷲ
- އަޖަލު
- ސީރަތުގެ ހިޔަލުގައި
- ޖަވާހިރު
- ޖާރނީ ޓު ޖަންނަތު
- ޙާފިޡުން
- ރީ-ތިންކް
- ސައިލަންޓް ކުއެޝަންސް (ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ޕްރޮގްރާމެއް)
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމުތައް ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް ފީއަކާ ނުލާ ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ޕްރޮގުރާމުތައް ޓީވީ ޗެނަލްތަކުގެ ރަމަޟާން މަހުގެ ތާވަލުގައި ހިމަނަން ބޭނުންވެލައްވާނަމަ، ނުވަތަ ޕްރޮގުރާމުތަކާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ 9753436 އަށް ވަޓްސްއަޕް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
އިސްލާމިކްސްޓޫޑިއޯ އން1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުކޮށްފައިވާ ދީނީ ޕްރޮގްރާމްތައް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު pic.twitter.com/yQFy4CB1z9
— Ministry of Islamic Affairs (@MVIaffairs) February 17, 2026