ޚަބަރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން އިޢުލާނުކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ އެއަރޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންސް ޓާމިނަލް 2އަކަށް ބަދަލުކުރުމާއި ގުޅިގެން އެއަރޕޯޓްގެ ޓްރެފިކް ފްލޯއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ޓާމިނަލްއަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރާނީ ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ކުރިމައްޗަށް ކަމަށެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނެފައިވަނީ މިބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމައްޗަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެއް ކަމަށެވެ.
މީގެ އިތުރުން ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް އެކެއްގެ ޓެކްސީ ކިއު ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ. މިބަދަލު ތަކާއެކު އެއަރޕޯޓުގެ ބަސް ރޫޓް ތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
މިބަދަލާއެކު ގެނެވުނު ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.