Ads by PNC

ޚަބަރު

ރަމަޟާންމަހު އެމްއެމްއޭ އާއި ބޭންކުތަކުން ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި

ރަމަޟާންމަހު އެމްއެމްއޭ އާއި ބޭންކުތަކުން ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ފެބްރުއަރީ 2026، 07:17

17 ފެބްރުއަރީ 2026، 07:17

ކުރިއަށް އޮތް ރަމަޟާންމަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގެ ބޭންކުތަކުން ޚިދުމަތްދޭނެ ގަޑިތައް ރަސްމީކޮށް ޢާންމުކޮށްފިއެވެ.

 މީގެތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހިމެނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، ރަމަޟާންމަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުުރު 12:30 އަށެވެ. ނަމަވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. ބޭންކު ހުޅުވާ ގަޑިތަކަށް ބަދަލު އައި ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ތިބި ކޭޝް އެޖެންޓުން މެދުވެރިކޮށްވެސް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ޚިދުމަތްދޭ ގަޑިތަކަށް ބަލާއިރު، އެ ބޭންކުން ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. މިއީ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިތަކާ އެއްގޮތަށް އެ ބޭންކުން ކަނޑައަޅާފައިވާ ވަގުތުތަކެކެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވިދާޅުވި ގޮތުގައި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އެ އޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. އެހެންނަމަވެސް، ފައިސާ ބަލައިގަނެ ދޫކުރުމާއި ސިޓީ ފަދަ ތަކެތި ބަލައިގަތުމުގެ ޚިދުމަތް ދޭނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.

ރަމަޟާން މަހަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތަކަށްވެސް ބަދަލު އަންނަ މަހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުވެސް ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450