Ads by PNC

ޚަބަރު

ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ޒަކާތް ދެއްކުން / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ފެބްރުއަރީ 2026، 12:15

18 ފެބްރުއަރީ 2026، 12:15

މި ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާކަމަށް ޒަކާރު ހައުސްއިން ހާމަކޮށްފިއެވެ. 

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. 

އޮންލައިންކޮށް ޒަކާތް ބަލައިގަތުން 7 ޕްލެޓްފޯމެއް މެދުވެރިކޮށް ކުރިޔަށްދާނެއެވެ.

އޮންލައިންކޮށް ޒަކާތްދެއްކޭ ގޮތްތައް:

ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)
އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލިކޭޝަން)
ފަހިޕޭ (އެޕްލިކޭޝަން)
އަވަސް އެޕް
ބަނޑޭރި ޕޭ

އޮންލައިން ޕްލެޓްފޯމްތަކުގެ އިތުރުން، އެފަދަ ކަންކަމަށް އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 

އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނެ ގަޑިތައް:

22  ފެބުރުވަރީ - 9 މާރިޗު: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
10  މާރިޗު - 19 މާރިޗު : ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

ޒަކާތު ހައުސިން އިން ވިދާޅުވީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށެވެ. 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
ރަތް ހަނޑޫ: 96 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450