Ads by PNC

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ރޯދަ މާރުކޭޓު ހުޅުވައިފި

ރޯދަ މާރުކޭޓު/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ފެބްރުއަރީ 2026، 10:23

19 ފެބްރުއަރީ 2026، 10:23

ރަމަޟާން މަހަށް ޚާއްޞަކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޤާއިމްކޮށްފައިވާ ރޯދަ މާރުކޭޓު ހުޅުވައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، މިއީ މި ރަމަޟާން މަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްޤީކުރި މާރުކޭޓެއް ކަމަށެވެ.

އެގޮތުން، އަލަށް ތަރައްޤީކޮށްފައިވާ މި މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ވެސް ލިބެން ހުންނާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ޤާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައިކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ޚިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450