Ads by PNC

ޚަބަރު

ސީޝެލްސްއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

ސީޝެލްސްއިން ރާއްޖެއަށް އައި ކްރޫޒް ލައިނަރއަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

އެމްއެސް ކްރިސްޓަލް ސިމްފަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ފެބްރުއަރީ 2026، 10:40

19 ފެބްރުއަރީ 2026، 10:40

ސީޝެލްސް އިން ރާއްޖެއަށް އައި ކްރޫޒް ލައިނަރ އަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. "އެމްއެސް ކްރިސްޓަލް ސިމްފަނީ" ނަމަކަށް ކިޔާ މި ކްރޫޒް ލައިނަރ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި ކްރޫޒް ލައިނަރ ރާއްޖެ އައީ މިހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ސީޝެލްސްގެ މަހޭ ބަނދަރުން ފުރައިގެންނެވެ. އެމްއެސް ކްރިސްޓަލް ސިމްފަނީ އިން ދަތުރުކުރި 1،037 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 548 ފަސިންޖަރުންނާއި 489 ކްރޫ މެންބަރުންނެވެ.

ކްރޫޒް ލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއަކީ ކްރޫޒް ލައިންތަކުގެ މެދުގައި އަބަދުވެސް މަޤްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450