Ads by PNC

ޚަބަރު

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑު ކުރުމާއި، އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑު ކުރުމާއި، އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ފެބްރުއަރީ 2026، 11:30

19 ފެބްރުއަރީ 2026، 11:30

ކ. މާފުށީގައި އައު ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި އެ ރަށުގެ އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.

މާފުށީގައި އައު ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މަޝްރޫޢަކީ މިމަހުގެ 12 ވަމަ ދުވަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

މާފުށީ އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މި މަޝްރޫޢަކީ، 128،605،793.86 ރުފިޔާ އަށް ޖުމްލަ 571 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450