ޚަބަރު
މާލެއިން ދިވެއްސަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދާ މީހާ--
މާލެއިން ދިވެއްސަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 2026 ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް ޢަލީ ގޭގައި އުޅެނިކޮށް ޢާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް، އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
އަދި މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.