Ads by PNC

ޚަބަރު

ފަސްޓްލޭޑީ ސާޖިދާ ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުއްވައިދެއްވައިފި

ފަސްޓްލޭޑީ ސާޖިދާ ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުއްވައިދެއްވައިފި

ފަސްޓްލޭޑީ ސާޖިދާ ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވައިދެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 12:05

21 ފެބްރުއަރީ 2026، 12:05

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް ރޭ ހުޅުއްވައިދެއްވައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި މި ޚާއްސަ ޙަފްލާގައި، އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންދެއްވި ކަމަށްޓަކައި ދެ ކެންޑިޑޭޓުން ވެސް ވަނީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދަށް ޝުކުރު އަދާކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވަޒީރުންގެ ވާހަކަފުޅުގައި ވާދަވެރިންގެ އެއްވެސް އެޖެންޑާއެއް ނުވަތަ އިޚްލާސްތެރި ނިޔަތެއް ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ޙަޤީޤީ ތަސައްވުރަކައިގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް ސަރުކާރަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި، އަދި ޚާއްސަކޮށް ވެރިރަށް މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450