Ads by PNC

ޚަބަރު

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް: ވަޒީރު ސަޢީދު

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް: ވަޒީރު ސަޢީދު

ވަޒީރު ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 12:08

21 ފެބްރުއަރީ 2026، 12:08

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތްކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އިންތިޚާބެއް ބޯމަތިވެ ރައްޔިތުންނަށް ގޮތް ނިންމުމުގެ ފުރުސަތު ލިބިފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން އެކި ޕާޓީތަކަށް ބާރު ލިބުމުން ކަންކަން ކުރި ގޮތާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ރައްޔިތުން ފުރިހަމަ ބާރު ދިން ނަމަވެސް، އެ ބާރުގެ ބޭނުން ހިފި ގޮތް ހަނދާން ނެތޭހާ ދުވަސް އަދި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. "އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވް ގައި 15 ދުވަހު ކާބޯތަކެތި ގަންނާނެ ފައިސާ ނެތް" ކަމަށް ސަޢީދު ވިދާޅުވިއެވެ. މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމަށް އެ ޕާޓީން އިސްވެ ދިން ގެއްލުންތައް މިއަދު ފެންނަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވަނީ އެމްޑީޕީއަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. ލާމަރުކަޒީ ނިޒާމުގެ އިސް ޕާޓީއަކީ އެއީ ކަމަށް އެ ޕާޓީން ދަޢުވާކުރާއިރު، އެ ނިޒާމު ކުރިއަރުވަން އެމްޑީޕީން ކުރީ ކޮން ކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. "އެ މީހުންނޭ މި އަންނަނީ ހަމަ. އަދި މިވީ ދެ އަހަރު. ކަންކަން ވީގޮތް ރައްޔިތުންނަށް ސާފު އެހެންނޫންތޯ" މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ މުވައްޒަފުންގެ ކުރިއެރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މުވައްޒަފުން ހަތަރުވަނަ ކެޓަގަރީން މައްޗަށް ޖައްސަވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވީ ރައީސް މުޢިއްޒު ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450