Ads by PNC

ޚަބަރު

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތް ރާއްޖޭގައި ފައްޓަވައިފި

ސައުދީ ރަސްގެފާނުގެ ރޯދަވީއްލުމުގެ ހަރަކާތް ރާއްޖޭގައި ފައްޓަވައިފި

ސައުދީ ރަސްގެފާނުގެ ރޯދަވިއްލުމުގެ ހަރަކާތް ރާއްޖޭގައި ފެށުން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ފެބްރުއަރީ 2026، 10:04

21 ފެބްރުއަރީ 2026، 10:04

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

 މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރައްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، "މި މަޝްރޫއު އިފްތިތާހުކުރުމަށްޓަކައި ސައުދީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައި ވާއިރު ދެފަރާތުން ގުޅިގެން ހާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައި. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ" ކަމަށެވެ.

ރޯދަވީއްލުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ފައްޓަވާފައިވާއިރު، ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖޭގައި މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. މިއަދުގެ ރޯދަ ވީއްލުމުގެ ހަރަކާތް ފެށުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450