Ads by PNC

ޚަބަރު

ލ. އަތޮޅުގެ ދެ ރަށެއްގެ ކަރަންޓް ޚިދުމަތް ރަނގަޅު ކުރުމަށް ދެ ޖަނަރޭޓަރު ގެންދަނީ

ލ. އަތޮޅުގެ ދެ ރަށެއްގެ ކަރަންޓް ޚިދުމަތް ރަނގަޅު ކުރުމަށް ދެ ޖަނަރޭޓަރު ގެންދަނީ

ލ. އަތޮޅުގެ ދެރަށަކަށް ފޮނުވަން ދޯންޏަށް ލޯޑު ކޮށްފައިވާ އިންޖީނެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 10:47

22 ފެބްރުއަރީ 2026، 10:47

ލ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ އިސްދޫ އާއި ދަނބިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ދެ ރަށަށް ބޭނުންވާ އާ ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

މިގޮތުން އެ ދެ ރަށަށް ބޭނުންވާ ޖެނެރޭޓަރުތައް މިހާރު ވަނީ ދޯންޏަށް ބަރުކޮށް ފުރުވާލުމަށް ތައްޔާރުވެފައެވެ. މިކަން ހާމަކުރެއްވެވީ އިސްދޫ ދާއީރާގެ މެމްބަރު އިސްމާޢިލް ޝަފީޢު ފޭސްބުކްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

މި މަޝްރޫއުގެ ދަށުން ލ. އިސްދޫއަށް 600 ކިލޯވޮޓްގެ ޖެނެރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާއިރު، ލ. ދަނބިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖެނެރޭޓަރެކެވެ. މި ދެ ޖެނެރޭޓަރަކީވެސް މުޅިން އަލަށް ބޭނުންކުރަން ފަށާ "ބްރޭންޑް ނިއު" ޖެންސެޓްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުން ތަންދޭނަމަ، މި ޖެނެރޭޓަރުތައް މާދަމާ ރޭގެ ވަގުތެއްގައި އެ ރަށްރަށަށް ފޯރާނެ ކަމަށް ބެލެވެއެވެ. މިއީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

 މިއީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އަދި މިކަން އަވަސް ފުރުސަތެއްގައި ހައްލުކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނަށް މެމްބަރު އިސްމާޢިލް ޝަފީޢު ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އާ ޖެނެރޭޓަރުތައް އިންސްޓޯލްކޮށް ނިމުމުން، އިސްދޫ އާއި ދަނބިދޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާވެ، އާންމު ރައްޔިތުންނަށް ލިބެމުންދާ ދަތިތަކަށް ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450