Ads by PNC

ޚަބަރު

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަމުންދިޔަ މީހާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ފެބްރުއަރީ 2026، 11:20

22 ފެބްރުއަރީ 2026، 11:20

މާލެއިން ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އަމިއްލައަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުވެއްޖެ އެވެ.

އިމްތިޔާޒް ގެއްލިފައިވާކަމަށް އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ، ރޭގެ ވަގުތެއްގައި  ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުން މީގެކުރިން ޢާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026 ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް ޢަލީ  ގޭގައި އުޅެނިކޮށް ޢާއިލާގެ މެމްބަރުންނަށް ފެނިފައިވީ ނަމަވެސް، އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ވަނީ ގެއްލިފައެވެ. އަދި މި މައްސަލަ ޢާއިލާއިްއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450