Ads by PNC

ޚަބަރު

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު 15:00 އަށް ހަމަވާނެ

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު 15:00 އަށް ހަމަވާނެ

އިންތިޚާބެެއްގެ ވޯޓުލުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ފެބްރުއަރީ 2026، 11:58

22 ފެބްރުއަރީ 2026، 11:58

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ފަހު ފުރުސަތު މިއަދު މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ.

މިއީ ދެ އިންތިހާބު އެއްކޮށްލައިގެން ބާއްވާ ވޯޓާ ގުޅިގެން ހުޅުވާލި ފުރުސަތެކެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ދިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުވެސް ހިމެނޭހެން އޭޕްރިލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް އިތުރު ފުރުސަތެއް ދިނުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި މުއްދަތުގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކް ކުރެވޭނެއެވެ.

ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. ކޮމިޝަނުން އިލްތިމާސް ކުރަނީ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450