Ads by PNC

ޚަބަރު

ސަޢުދީ ދައުލަތް އުފެދުނު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ސަޢުދީ ދައުލަތް އުފެދުނު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ސަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ފެބްރުއަރީ 2026، 10:44

23 ފެބްރުއަރީ 2026، 10:44

ސަޢުދީ ދައުލަތް އުފެދުނު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތަކީ، ސަޢުދީ އަރަބިއްޔާގެ މުއްސަނދި ތާރީޚާއި ދައުލަތް ބިނާވެގެން އައި ގޮތް ފާހަގަކުރުމުގެ ގޮތުން ސަޢުދީ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ އިސްނަންގަވައިގެން ބޭއްވި ރަސްމިއްޔާތެކެވެ. އެގޮތުން، މި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އުއްތަމަ ފަނޑިޔާރާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރި މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު އަލް-ޤަޙްޠާނީ ވިދާޅުވީ، ސައުދީ ފައުންޑިންގ ޑޭ އަކީ މީގެ 3 ގަރުނު ކުރިން، 1727 ވަނަ އަހަރު، ސަޢުދީގެ ފުރަތަމަ ދައުލަތް ޤާއިމުވުމާ ގުޅިފައިވާ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މިއީ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، ވަރުގަދަ ލީޑަރޝިޕެއްގެ މައްޗަށް ބިނާވެފައިވާ ޤައުމީ ތަރިކައެއް ކަމަށާއި، މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ޤައުމުގެ އަސްލުތަކާއި ސަޤާފަތް ދެމެހެއްޓުމާއެކު، ޒަމާނީ ތަރައްޤީއަށް ކުރަމުންދާ ދަތުރުގެ އަގުވަޒަންކުރުންކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަޢުދީ އަރަބިއްޔާގެ "ވިޝަން 2030" ގެ ދަށުން ފަހަކަށް އައިސް އެ ޤައުމުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ، އިޤްތިޞާދު ސިންދަފާތުކުރުމާއި، ފަތުރުވެރިކަމާއި، ސަޤާފަތާއި އަދި އީޖާދީ ދާއިރާތަކުން ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. ހަމަ އެއާއެކު، ސަޢުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަރައްޤީގެ މަޝްރޫޢުތަކާއި، އިސްލާމީ ކަންތައްތަކާއި، ސަޤާފީ ދާއިރާއިން އޮންނަ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަވާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސަޢުދީ އަރަބިއްޔާގެ ތާރީޚާއި، ސަޤާފަތާއި، އަދި އެ ޤައުމަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައިވާއިރު، ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ މެހެމާނުންގެ މެދުގައި އޮތް އެކުވެރިކަމާއި އިހުތިރާމް ރަމްޒުކޮށްދޭ ޚާއްޞަ ފަރިއްކޮޅަކުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450