ޚަބަރު
ބްރުނާއީ ގެ ޤައުމީ ދުވަހުގެ ތަޙުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ދިވެހިރާއްޖެއާއި ބްރުނާއީގެ ދިދަ/ފޮޓޯ: ވެކްޓަރސްޓޮކް
ބްރުނާއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ބްރުނާއީގެ ޚާރިޖީ ވަޒީރު، އޮނަރަބަލް ދާތޯ އެރުވަން ޔޮސޮފްއަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި ބްރުނާއީގެ ޚާރިޖީ ވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާ ބްރޫނާއީ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފަައެވެ. އެހެންކަމުން، ދެ ޤައުމަށްވެސް ފައިދާ ހުރި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ މިއާއެކު، ބްރޫނާއީގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބްރޫނާއީގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.