Ads by PNC

ޚަބަރު

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރުވެއްޖެ: މީރާ

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރުވެއްޖެ: މީރާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ފެބްރުއަރީ 2026، 01:50

23 ފެބްރުއަރީ 2026، 01:50

މިދިޔަ ޖަނަވަރީ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %30 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖަނަވަރީ މަހުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، އެ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 180,421,663 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު 125,885,592 ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ-ޖީއެސްޓީ) އާއި، އިންކަމް ޓެކްސްގެ އިތުރުން އެއާޕޯޓު ފީތަކެވެ. އެގޮތުން ޓީ-ޖީއެސްޓީގެ ގޮތުގައި 79 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 37 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.

މީގެ އިތުރުން، ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީގެ ގޮތުގައި 17 މިލިޔަން ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި 14 މިލިޔަން ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 12 މިލިޔަން ޑޮލަރު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 11 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އާމްދަނީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. އެގޮތުން ގްރީން ޓެކްސްއަށް ލިބުނު އާމްދަނީ ވަނީ ދެ ގުނައަށް އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ޑޮލަރުން ލިބުނު އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 1.4 ބިލިޔަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާބަލާއިރު %37 އިތުރު އަދަދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450