Ads by PNC

ޚަބަރު

ލ. ގަމު ތުނޑީ އާބާދު ސަރަޙައްދުގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފި

ލ. ގަމު ތުނޑީ އާބާދު ސަރަޙައްދުގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފި

މިއަދު ހުޅުވި މިސްކިތް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ފެބްރުއަރީ 2026، 11:19

23 ފެބްރުއަރީ 2026، 11:19

ލ. ގަމު ތުނޑީ އާބާދު ސަރަޙައްދުގައި ބިނާކުރި 700 މީހުންގެ ޖާގައިގެ މިސްކިތް މިއަދު ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު، މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ވަނީ ހުޅުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450