Ads by PNC

ޚަބަރު

މަހުގެ އުފެއްދުންތައް މި ރަމަޟާން މަހު ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން މިފްކޯއިން ދީފި

މަހުގެ އުފެއްދުންތައް މި ރަމަޟާން މަހު ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން މިފްކޯއިން ދީފި

މިފްކޯ މަސްފިހާރަ/ފޮޓޯ: އަސްލު މީޑިއާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ފެބްރުއަރީ 2026، 03:13

24 ފެބްރުއަރީ 2026، 03:13

މަހުގެ އުފެއްދުންތައް މި ރަމަޟާން މަހު ހުސްނުވެ ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން ދީފިއެވެ.

މިފްކޯއިން މި ޔަޤީންކަން ދީފައިވަނީ، އެ ކުންފުނިން ވިއްކާ މަހުގެ ބައެއް ބާވަތްތައް ހުސްވެފައިވާކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

މިފްކޯއިން ބުނީ، ރަމަޟާން މަހަކީ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ މަހަކަށް ވާއިރު، މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު ރާއްޖެއަށް މަސްވެރިކަން ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، އެކަމަށް މިފްކޯއިން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ރައްޔިތުންނަށް މަހާއި މަހުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، މަހުގެ ބާވަތްތައް މިފްކޯގެ ފިހާރަތަކުން ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.

މީގެ އިތުރުން، މަސްވެރިން މިފްކޯއަށް މަސްކިރުވި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ނަމަވެސް، މިދިޔަ ޖަނަވަރީ މަހު އެ ޢަދަދު 93 ޓަނަށް ވެއްޓިފައިވާއިރު، މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް އިތުރުވާއިރު، މި  އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި އެ ކުންފުނިން ދުރާލާ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450