Ads by PNC

ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުހުގެ އަސަރު ކުރަން ފަށައިފި: މެޓް

ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުހުގެ އަސަރު ކުރަން ފަށައިފި: މެޓް

މާލެ ސަރަހައްދުގެ ވައި ނުސާފުވުން. ފޮޓޮ: ޢަދަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ފެބްރުއަރީ 2026، 12:33

25 ފެބްރުއަރީ 2026، 12:33

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުނީގެ އަސަރު ހުންނާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، މިއަދު މުޅި ރާއްޖެއަށް ދުންފުނީގެ އަސަރު ކުރަމުންދާއިރު، މިކަން އެންމެ ބޮޑަށް ފާހަގަވަނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކުގައެވެ. މިއީ މި ދުވަސްވަރު ސަރަހައްދީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަމެކެވެ.

މޫސުމާ ބެހޭ ރިޕޯޓްތަކަށް ރިއާޔަތްކޮށް މެޓް އިން ވިދާޅުވީ، އުތުުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު މިހާރު ހުރީ ދެ ކިލޯ މީޓަރަށް ވުރެ ދަށުގައި ކަމަށެވެ. މީގެ ސަބަބުން ދަތުރުފަތުރު ކުރުމުގައާއި އާންމު ދިރިއުޅުމުގެ ކަންކަމަށް ބުރޫއެރުމުގެ ފުރުސަތު އޮތްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރަމުން މެޓް އިން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުނީގެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ އާންމުންނަށް އިރުޝާދެއް ދީފައެވެ. "އެހެންކަމުން ގިނަވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން،" މެޓް އިން ވިދާޅުވިއެވެ.

ދުންފުނީގެ އަސަރު ގަދަވުމަކީ ސިއްހީ ގޮތުންނާއި ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބަލާއިރު ސަމާލުވާންޖެހޭ ކަމަކަށްވާތީ، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450