Ads by PNC

ޚަބަރު

ޑެންމާކަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތްކޮޅު ރަސްގެފާނަށް އަރުއްވައިފި

ޑެންމާކަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތްކޮޅު ރަސްގެފާނަށް އަރުއްވައިފި

ޑެންމާކަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތްކޮޅު އެރުއްވުން / ފޮޓޯ: ހާރިޖީ ވުޒާރާ

farudhun logo

ފަރުދުން

25 ފެބްރުއަރީ 2026، 09:17

25 ފެބްރުއަރީ 2026، 09:17

ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު 'ފްރެޑްރިކް އެކްސް' އަށް އަރުއްވައިފިއެވެ. 

މި ރައްމިއްޔާތު ބާއްވާފައިވަނީ ކޯޕަންހޭގަންގެ ސްލޮޓްޝޮލްމެންގައި ހުންނަ ކްރިސްޓިއަންބޯގް ޕެލެސްގައެވެ. މިއީ އެ ޤައުމުގެ ތިން ބާރު ޤާއިމްވެފައިވާ އިމާރާތެވެ. 

މި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކޮށްދެއްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް އެކަމަނާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ގީލާގެ އަރިހުގައި އެ ކަމަނާގެ ފިރިކަލުން ޢަބްދުﷲ މުޝްރިފް އާއި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެއާއި ޑެންމާކްއާ ދެމެދު ޙާރިޖީ ގުޅުން ޤާއިމު ކޮށްފައިވަނީ، 8 ނޮވެންބަރު 1982 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450