ޚަބަރު
"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފެށުމަށް ތައްޔާރުވެއްޖެ
މިދިޔަ އަހަރުގެ ފެސްޓިވަލްގެ ތެރެއިން/ފޮޓޯ: ވުޒާރާ
"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ފެސްޓިވަލަކީ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ޚާއްޞަކޮށް ރަމަޟާން މަހު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިންގ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނޭކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 28 ގައި ޔޫތު ހަބުގައެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު، ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ ފަރާތަކަށް 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.