Ads by PNC

ޚަބަރު

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ވަޒީރު ޚަލީލް ބައިވެރިވެވަޑައިގެންފި

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ވަޒީރު ޚަލީލް ބައިވެރިވެވަޑައިގެންފި

ވަޒީރު ޚަލީލް ތަޤުރީރުކުރައްވަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ފެބްރުއަރީ 2026، 02:45

26 ފެބްރުއަރީ 2026، 02:45

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ބައިވެރިވެވަޑައިގެންފި އެވެ.

ހައި-ލެވެލް ސެގްމަންޓްގެ ބަހުސްގައި ތަޤްރީރްކުރައްވަމުން ވަޒީރު ޚަލީލް ވަނީ، އިންސާނީ ޙައްޤުތަކާބެހޭ ޔުނިވަރސަލް ޑެކްލަރޭޝަންގައި ބަޔާންކުރާ ކަންތައްތަކަށް ޢަމަލުކުރުމުގައި ރާއްޖެއިން ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައާއި، ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކޮށް، ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

މި ސެޝަންގެ ހަވާސާގައި، ވަޒީރު ޚަލީލް އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ވޮލްކަރ ޓާރކް އާ ބައްދަލުކުރެއްވިއެވެ. އަދި މި ސެޝަންގައި ބައިވެރިވާ ޤައުމުތަކުގެ ތެރެއިން އަންގޯލާ، ކިއުބާ، ރުވާންޑާ، ކިރިގިސް ރިޕަބްލިކް، ސްލޮވާކިއާ، އައިސްލެންޑް، ސްލޮވީނިއާ، އިންގިރޭސިވިލާތު، ސެން މަރީނޯ، އިޖިޕްޓް، އަދި ރަޝިއާގެ ވަފްދުތަކުގެ އިސްވެރިންނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ރިޕަބްލިކް (އޯ.އައި.ސީ.) ގެ އިންޑިޕެންޑެންޓް ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައި.ޕީ.އެޗް.އާރް.ސީ.) ގެ އެކްޒެކިއުޓިވް ޑިރެކްޓަރ އާ ބައްދަލުކޮށްފައިވެއެވެ.

ހަމަ އެއާއެކު، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ.) ގެ ޑިރެކްޓަރ ޖެނެރަލް އާއި، ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި އައި.އެލް.އޯ އާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ "1986 އެމެންޑްމަނަޓް ޓު ދަ އައި.އެލް.އޯ ކޮންސްޓިޓިއުޝަން" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ބޭނުންވާ އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން ރަސްމީކޮށް ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން، ޖެނިވާގައި ހުންނަ ސްލޮވީނިއާގެ ޕަރމަނަންޓް މިޝަން އިން އިންތިޒާމްކޮށް ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްގެން ބޭއްވި "އެޑްވާންސިންގ ހިއުމަން ރައިޓްސް އެންޑް އީކުއަލިޓީ: އިންވެސްޓިން އިން ވިމެންސް ޕޮލިޓިކަލް ލީޑަރޝިޕް އިން މަލްޓިލޭޓަރަލިޒަމް" ސައިޑް އިވެންޓުގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެން ތަޤްރީރްކުރެއްވިއެވެ. އެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ޙާއްޞަކޮށް ނިންމުންތައް ނިންމާ މަންސަތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2028 އިން 2030 ވަނަ އަހަރަށް އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުގެ ދައުރަށް ރާއްޖެއިން ކުރިމަތިލުމަށް ނިންމާފައިވާކަން އިޢުލާންކުރައްވައި، އދ.ގެ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450