Ads by PNC

ޚަބަރު

އެފްޑީސީގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނެވި ނަޝްވާ އެ މަޤާމުން ވަކިކޮށްފި

އެފްޑީސީގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނެވި ނަޝްވާ އެ މަޤާމުން ވަކިކޮށްފި

އެފްޑީސީގެ ޗެއާޕަރސަންގެ މަޤާމުގައި ހުންނެވި ނަޝްވާ---

farudhun logo

ފަރުދުން

26 ފެބްރުއަރީ 2026، 09:30

26 ފެބްރުއަރީ 2026، 09:30

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)ގެ ޗެއާޕަރސަންގެ މަޤާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ، އެ މަޤާމުތަކުން ވަކިކޮށްފިއެވެ.

ނަޝްވާ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އިޢުލާންކުރީ މިއަދުއެވެ.

އެފްޑީސީގެ ޗެއާޕަރސަންކަމުގެ މަޤާމަށް ނަޝްވާ އައްޔަންކުރައްވާފައިވަނީ 8 ޖަނަވަރީ 2024 ގައެވެ. އަދި އޭގެ ކުރިން،  އެޗުޑީސީގެ ޑިރެކްޓަރުގެ މަޤާމާއި ކަމާގުޅުންހުރި މިނިސްޓްރީތަކުގެ އެކި ވަޒީފާތައް ވެސް ނަޝްވާ ވަނީ އަދާކުރައްވާފައެވެ.

އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 ބޭފުޅުން ތިއްބަވައެވެ. އެއީ ޗެއާޕަރސަން އާއި މެނޭޖިން ޑިރެކްޓަރާއި 4 ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450